މޯޕާ އާއި ޕާޓްނަރުން ޕެޓް ކަލެކްޝަން އައްޑޫ ސިޓީއަށް ފުޅާކޮށްފި
މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އާއި އެ ޖަމިއްޔާގެ ބައިވެރިން ގުޅިގެން ޕެޓް ފުޅި އެއްކުރުމަށް ހިންގާ އެންމެ މުހިންމު އެއް މަޝްރޫއު، ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އަދި ރާއްޖޭގެ އެންމެ ދެކުނު ކަމަށް އައްޑޫ ސިޓީއަށް ފުޅާކޮށްފި އެވެ.
10 ޑިސެމްބަރު 2020ގައި އިފްތިތާހުކުރި ރިވާސް ޕެޓް ލޮޖިސްޓިކްސް ޕްރޮޖެކްޓް ކުރިއަށް ގެންދަނީ، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ލިމިޓެޑް (ކޮކާކޯލާގެ ބުއިންތައް ރާއްޖޭގައި ބަންދުކުރާ ފަރާތް)، ހެޕީ މާކެޓް ޕްރައިވެޓް ލިމިޓެޑް ('ލައިފް' ބްރޭންޑުގެ މިނަރަލް ފެން އުފައްދާ ކުންފުނި) އަދި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ('ތާޒާ' ބްރޭންޑުގެ މިނަރަލް ފެން އުފައްދާ ކުންފުނި)އާ އެކު ވަރުގަދަ ޕާޓްނަޝިޕެއްގެ ދަށުންނެވެ. މި ޕާޓްނަޝިޕް ގާއިމްކޮށްފައި ވަނީ، އެ ކުންފުނިތަކުގެ އަމިއްލަ އިސްނެގުމުގައި، 100 އިންސައްތަ ރީސައިކަލް ކުރެވޭ ޕެޓް އަލުން ބޭނުންކުރުމުގެ މަގްސަދުގަ އެވެ.
މި މަޝްރޫއު ފެށިގެން ދިޔައީ، މާލެ ސަރަހައްދުގައި ރެސްޓޯރަންޓްތަކާއި ކެފޭ ފަދަ ތަންތަން ހިމެނޭ ގޮތަށް 263 އަށް ވުރެ ގިނަ ރީޓެއިލް އައުޓްލެޓްތަކުން އުކާލާ ޕެޓް ފުޅި – 100 އިންސައްތަ ރީސައިކަލް ކުރެވޭ އަދި ރާއްޖޭގެ އިގްތިސާދަށް އިތުރު ކުރިއެރުމެއް ގެނެސްދިނުމުގެ ގާބިލުކަން ހުރި މި ފުޅިތައް – ކޮންމެ ދުވަހަކު އެއްކުރުމުގެ ތެރެއިންނެވެ. ޕެޓް ރިވާސް ލޮޖިސްޓިކްސް ޕްރޮޖެކްޓް މީގެ ގާތްގަނޑަކަށް ދެ އަހަރުދުވަސް ކުރިން ފެށުނީއްސުރެ މިހާތަނަށް 65،000 ކިލޯއަށް ވުރެ ގިނަ ޕެޓް ވަނީ އެއްކޮށްފަ އެވެ.
ޕެޓް ރިވާސް ލޮޖިސްޓިކްސް ޕްރޮޖެކްޓް އައްޑޫ ސިޓީއަށް ފުޅާކުރުމަށް މޯޕާ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު 2022 ވަނަ އަހަރުގެ އޮގަސްޓް މަހު އެއްބަސްވުމެއްގައި ސޮއިކޮށް، މޫދަށް އުކާލެވޭ ޕްލާސްޓިކާ ދެކޮޅަށް މަސައްކަތް ކުރުމުގެ އަމާޒަށް ވާސިލުވުމަށް ވަނީ މަގު ފަހިކުރެވިފަ އެވެ. މި މަޝްރޫއުގައި ކާބޯތަކެތީގެ ހިދުމަތް ދިނުމަށް އައްޑޫގައި ހިންގާ 50 އިންސައްތައަށް ވުރެ ގިނަ ތަންތަން ވަނީ ބައިވެރިވެފަ އެވެ.
ރާއްޖޭގައި މޫދަށް އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށް ކުރާ މަސައްކަތުގައި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާއި އަޅުގަނޑުމެންގެ ޕާޓްނަރުންގެ ވިސްނުމާއި އެއްބާރުލުން ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު ދަންނަވަން. ޕްލާސްޓިކް ކުންޏާ ގުޅޭ ގޮތުން ވަށާޖެހޭ އިގްތިސާދެއް އުފައްދައި ދެމެހެއްޓެނިވި މުސްތަގުބަލެއް ހާސިލްކުރުމަށް މިފަދަ ގުޅިގެން ކުރެވޭ މަސައްކަތްތަކަކީ ވަރަށް މުހިންމު މަސައްކަތްތަކެއް،" މޯޕާގެ ބާނީ އަދި ރައީސް ތޯރިގު އިބްރާހިމް ވިދާޅުވި އެވެ.
ޕެޓް ރިވާސް ލޮޖިސްޓިކްސް ޕްރޮޖެކްޓް އައްޑޫ ސިޓީއަށް ފުޅާކުރުމުގެ މަސައްކަތުގައި މައިގަނޑު ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެނީ ކަލެކްޝަން ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީންނެވެ. ޕެޓް ފުޅި އެއްކުރުމުގެ އިތުރުން، ޕެޓް ފުޅީގައި ބަންދުކޮށްފައި ހުންނަ ތަކެތި ބޭނުންކުރުމާއި އުކާލުމާއި އެއްކުރުން އަދި ރީސައިކަލް ކުރުމާ ގުޅޭ އަހުލާގީ ބަދަލުތައް ގެނައުމަށް ވެސް މި ޕްރޮޖެކްޓްގެ ޒަރީއާއިން މަސައްކަތް ކުރެވި، ކުނި ވަކިކުރުމާއި މެނޭޖްކުރުމުގެ ސަބަބުން ލިބޭ ދުރު ރާސްތާގެ ފައިދާތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް މުޖުތަމައުގެ ބައިވެރިވުން އޮންނަ ޕްރޮގްރާމްތައް ވެސް ހިންގޭނެ އެވެ.
"ޕްލާސްޓިކް ކުނީގެ މައްސަލައާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި މޯޕާއާ އެކު އޮންނަ ގުޅުން އިތުރަށް ފުޅާކޮށް، ނަތީޖާ ނެރެވޭ ގޮތަށް އެ ފަރާތުން ކުރަމުން އަންނަ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.
ޕްލާސްޓިކް ތަޣައްޔަރުވުން ފައިދާހުރި ގޮތެއްގައި ހައްލުކުރުމަށް ޕީއީޓީ ޕެކޭޖިން ވަށައިގެން ސާކިއުލާ އިގްތިސާދެއް އުފެއްދުމަށް ހުރިހާ މަގުތަކެއް ހޯދައިގެން ކުރިއަށް ގެންދާނަން،” މާލޭ އެއަރޭޓެޑް ވޯޓާ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ސަންޖޭ މަނިކު” ވިދާޅުވި އެވެ..
އެއްކުރާ ޕީއީޓީ ފުޅިތައް – ދުނިޔޭގައި އެންމެ ގިނައިން ރީސައިކަލް ކުރެވޭ ޕްލާސްޓިކް – ކެޕިޓަލް މާލެއަށް ގެންގޮސް ބްރޭންޑް ކޮށްފައިވާ ފައިވާން، ސްވިމިންގ ވޭއާ އަދި ގަމީސް ފަދަ ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތި ރީސައިކަލްކޮށް އަޕްސައިކަލް ކުރުމަށް ޓަކައި ޕާލީ މޯލްޑިވްސްއާ ހަވާލުކުރެވެއެވެ.
މި ގައުމީ މަލްޓި ސްޓޭކްހޯލްޑަރ ޕާޓްނަޝިޕް މަޝްރޫއަކީ ޕްލާސްޓިކަށް ވަށައިގެންވާ އިގްތިސާދެއް އުފެއްދުމާއި މީހުންގެ ދިރިއުޅުމާއި މުޖުތަމައުތަކާއި އަޅުގަނޑުމެންގެ ދުނިޔެއަށް ތަފާތު ގެނެސްދޭ ރަނގަޅު ހިއްސާކުރެވޭ މުސްތަގުބަލެއް އުފެއްދުމަށް އާންމު ތަސައްވުރެއް އޮތް ކުންފުނިތައް އެއްކޮށްލާ މަޝްރޫއެކެވެ.
ޕްލާސްޓިކް ރިވަރސް ލޮޖިސްޓިކްސް ޕްރޮޖެކްޓަކީ މޯޕާ އިސްކޮށް ހުންނަވައިގެން މާލެ’ އެރޭޓެޑް ވޯޓާ ކޮމްޕެނީ، އައިލެންޑް ބެވަރޭޖްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އިންޓަނޭޝަނަލް ބެވަރޭޖްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ފަދަ ޕާޓްނަރުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މުހިންމު ތިން ކަލެކްޝަން އިނިޝިއޭޓިވްގެ ތެރެއިން އެއް މަޝްރޫއެކެވެ. ދެވަނަ އިސްނެގުމެއްގެ ގޮތުގައި އައިލެންޑް ޕީއީޓީ ކަލެކްޝަން ޕްރޮޖެކްޓުން ވަނީ ބޭރު އަތޮޅުތަކަށް ކަލެކްޝަން ފުޅާކޮށް، މިހާރު ތިން ރަށެއްގައި ހަރަކާތްތެރި އޮޕަރޭޝަންތަކެއް ހިންގާފައެވެ.
އެންމެ ފަހުން ފަށާފައިވަނީ ރިސޯޓް ޕީއީޓީ ކަލެކްޝަން ޕްރޮޖެކްޓް ކަމަށާއި އެ މަޝްރޫއުގެ ދަށުން ކަލެކްޝަންގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް މި ސަރަހައްދުގެ ރިސޯޓްތައް ހިމެނޭ ކަމަށެވެ.
“ ރަނގަޅު ގޮތުގައި ރަނގަޅު ގޮތުގައި ވިޔަފާރި ކުރުމަށް ޒަމާނުއްސުރެ އައިލެންޑް ބެވަރޭޖްސް މޯލްޑިވްސް އިން ވަނީ ކަނޑައަޅާފައެވެ.
ރަނގަޅު އަދި ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމަށް ޓަކައި، އެމްއޯޕީއޭ ފަދަ ޕާޓްނަރުންނާ ގުޅިގެން، އެކުގައި މަސައްކަތް ކުރަމކީ އަޅުގަނޑޫމެންނަށް ލބޭ އުފަލެކެވެ.
އަޅުގަނޑުމެން ވަޢުދުވަނީ ކުންފުންޏެއްގެ ގޮތުގައި ރަނގަޅު ކަންތައްތައް ކުރުމާއި، މީހުންނާއި، މުޖުތަމަޢުތަކާއި، ދުނިޔެއަށް އެންމެ ރަނގަޅު ކަންތައްތައް ކުރުމަށް” އައިލެންޑް ބެވަރޭޖްސް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހިމް އަންވަރު ވިދާޅުވިއެވެ .
“އިންޓަނޭޝަނަލް ބެވަރޭޖްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގައި އަޅުގަނޑުމެން ތިމާވެށްޓާ މެދު އަޅުގަނޑުމެން އަޅާލަމުއެވެ.
ޕީއީޓީ އުފެއްދުންތައް އުފައްދާ ފަރާތެއްގެ ގޮތުގައި އަޅުގަނޑުމެންގެ އުފެއްދުންތައް މަދުކޮށް، ކަނޑުތަކަށް އެޅުން ހުއްޓުވުމުގެ ޒިންމާ އަޅުގަނޑުމެން ގަބޫލުކުރަމެވެ.
މޯޕާ ފަދަ ޕާޓްނަރުންނާއެކު މަސައްކަތް ކުރަމުން ގެންދިއުމަށާއި ހައްލުގެ ބައެއްގެ ގޮތުގައި ތިބުމަށް، އަޅުގަނޑުމެން ވަނީ ކަނޑައަޅާފައި” އިތުރަށް އިންޓަނޭޝަނަލް ބެވަރޭޖްސް ކޮމްޕެނީގެ ބެލެނިވެރި ކުންފުނި ހެޕީ މާކެޓްގެ ސީއީއޯ ޑރ އަލީ އިހުސާން ވިދާޅުވިއެވެ.